ދުބާއީގެ ޓެކްސީތަކުގައި ރާއްޖޭގެ ޓޫރިޒަން ބްރޭންޑް ފެންނާނެ ގޮތަށް އިޝްތިހާރު ކުރަން ނިންމައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނީ މި މަހުގެ 28 ގައު ދުބާއީގައި ފެށޭ އަަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) އާ ދިމާކޮށް، ދުބާއީގެ 100 ޓެކްސީއެއްގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ފެންނަ ގޮތަށް އިޝްތިހާރު ކުރާނެ ކަމަށެވެ.
އެ ފެއާ ކުރިޔަށް ދާނީ ހަތަރު ދުވަހުގެ މުއްދަތަކަށް ނަމަވެސް، ދުބާއީގެ ޓެކްސީތަކުގައި ރާއްރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތް އެއް މަސް ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާނެ ކަމަށް އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިޢުރީ ވިދާޅުވި އެވެ.
އެ އިޝްތިހާރުތަކުގައި ދާދިފަހުން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް އެމްއެމްޕީއާރުސީއާ އެކު ޕާޓްނާޝިޕެއް ހެދު ގާއިމްކުރި އިނގިރޭސިވިލާތުގެ ލިވަޕޫލްގެ ކުޅުންތެރިންގެ ފޮޓޯ ވެސް ބޭނުން ކުރާނެ އެވެ.
ދުނިޔޭގެ 160 އަށް ވުރެ ގިނަ ގައުމަކުނ ބައިވެރިވާ އޭޓީއެމް ފެއާގެ ތެރެއިން ގެންދާ މި ޕްރޮމޯޝަނަލް ކެމްޕޭންގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމުގެ އުންމީދު އޮތް ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.
ސިނާޢަތަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް ޝިޢުރީ އުންމީދު ކުރައްވައެވެ.