އައްޑު އަށް ވަގަށް އެތެރެ ކުރަން އުޅުނު ސިނގިރެޓްތަކެއް އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ ވައިގެ މަގުން ވަގަށް އައްޑު އަށް އެތެރެކުރަން އުޅުނު 100،000 އަށް ވުރެ ގިނަ ސިނގިރޭޓް އަތުލައިގަތީ އިއްޔެ ކަމަށެވެ.
އެތެރެ ކުރަން އުޅުނު ސިނގިރެޓްގެ ޖުމްލަ އަދަދު 130،155 އަށް އަރަ އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިތް ސިނގިރެޓްގެ މައްސަލަ ކަސްޓަމްސް އިން އަންނަނީ އިތުރަށް ބަލަމުންނެވެ.
ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅަން ފެށި ފިޔަވަޅުތަކުގެ ދަށުން ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުކުރި ފަހުން ވަގަށް ގިނަ އަދަދެއްގެ ސިނގިރެޓް އެތެރެކުރަން އުޅުމާއު ރާއްޖޭގައި ސިނގިރެޓް އުފެއްދުން ފަދަ މައްސަލަތައް މި ފަހުން ދަނީ ތަކުރާރުވަމުންނެވެ.