އައްޑޫ ސިޓީ ހިތަދޫގައި 2 ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މައުލޫމާތު ލިބިފައިވާ މި އެކްސިޑެންޓް ހިނގާފައިވަނީ ރޯޔަލް ޕްލަސް ރެސްޓޯރެންޓާއި ދިމާލުން ލިންކް ރޯޑްގައެވެ. އެކްސިޑެންޓްގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އެމީހުންނަށް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ގެންދަނީ ފަރުވާދެމުންނެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު 2 މީހަކަށް މިވަގުތު ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާ ދެމުންދާ އެކަކީ ހިތަދޫ، ސަހަރާގެ، މުހައްމަދު ރަޝީދުއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އިސް އޮފިޝަލަކު ވިދާޅުވީ މުހައްމަދު ރަޝީދު ހޮސްޕިޓަލަށް ގެނައި އިރުވެސް އޮތީ ހޭނެތިފައި ކަމަށެވެ. އޭނާގެ ކަނާތްފަރާތު ނިތްކުރިން 4 އިންޗި ވަރު ތަނެއް ފަޅައިގެން ގޮސްފައިވާ އިރު އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
މިހާދިސާގައި އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނީ ހިތަދޫ ސަވޭރާ އަބްދުﷲ ޝިފާއު އާއި ނޯޕޫލް، ޝިޔާނާ މުހައްމަދު އަށެވެ.
ޝިފާއުގެ ނިތްކުރިން ވެސް ތަންކޮޅެއް ފަޅައިގެން ގޮސްފައިވާ އިރު ސިޔާނާއަކަށް ބޭރުފުށުން އަނިޔާއެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބިއެވެ.
މަންޒަރު ދުށްމީހަކު "އައްޑޫލައިވް"އަށް ބުނީ އެކްސިޑެންޓް ހިގާފައިވަނީ ރޮޔަލް ޕާކް ރެސްޓޯރެންޓް އާއި ދިމާލުން ލިންކު ރޯޑަސް ނިކުތް ސައިކަލް ލިންކް ރޯޑުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލްގައި ޖެހިގެން ކަމަށެވެ.
މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހްގީގު ކުރަމުން އަންނަ އިރު އިތުރު ތަފްސީލެއް ލިބިފައި ނުވެއެވެ.