Last Updated: April 21, 15:31
Monday, April 21, 2025
މުނިފޫހިފިލުވުން

'ޕްރޮޖެކްޓް 37' އަކީ 'އަލިފާން'

ޑާކް ރެއިް އެންޓަޓައިންމަންޓުން "ޕްރޮޖެކްޓް 37 ގެ ނަމުގައި މަސައްކަތް ނިންމާފައި އޮތް ފިލްމުގެ ނަމަކީ "އަލިފާން" ކަން މިއަދު އިއުލާންކޮށްފި އެވެ.

ފިލްމުގެ ނަން އިއުލާންކޮށް ޓީޒާއެެއް ވެސް ދައްކާލާފައިވާ އިރު، ފިލްމުގެ ރަސްމީ ޓީޒާ ބެލުންތެރިންނަށް މި މަހުގެ 28 ގައި ދޫކޮށްލާނެ އެވެ.

މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް "އަލިފާން" އަކީ މީގެ މުހިއްމު ރޯލެއް ވެސް ކުޅެފައިވާ އެކްޓަރު ރަވީ ފާރޫގާއި އަލީ ޝިފާއު (ޗިއްޕެ) ގުޅިގެން ޑައިރެކްޓްކޮށް ގެނެސްދޭ އެކްޝަން ތުރިލާއެކެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އަހުމަދު ތޮލާލެވެ.

މި ޓީމަކީ މިދިޔަ އަހަރު ޑާކް ރެއިނުން ގެނެސްދިން ރިވެންޖް އެކްޝަން ތުރިލާ "ފުރޭތަ" ވެސް ޓީމެވެ. އޭގެ ކާމިޔާބީއާ ގުޅިގެން އަނެއްކާ ވެސް ހަމަ ޖޯންރާގެ ތެރެއަށް ބެލުންތެރިން ގެންގޮސްދޭނެ "އަލިފާން" އަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ.

މީގެ ކާސްޓްގައި މައިޝާ އާދަމް، ޝިލާ ނަޖީބް، އާދަމް ރިޒްވީ، މޫސާ އަލީފް، ޝަރަފު އަބްދުﷲ، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، މުހައްމަދު ހާޒިފް، މުހައްމަދު ފައިސަލް އަދި ޖޭމް އައްލޯ ހިމެނެ އެވެ.

"އަލިފާން" ސިނަމާ އަށް ގެންނާނީ މި އަހަރުގެ އޮކްޓޯބަރުގަ އެވެ. އެކަމަކު އަދި ރަސްމީކޮށް ވަކި ތާރީހެއް ހާމައެއް ނުކުރެ އެވެ.