ކ. ތިލަފުށީގައި ކާގޯ ހޭންޑްލިން ފެސިލިޓީއެއް ގާއިމުކޮށް ދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބީލަމަށް މިއަދު ބީލަމަށް ހުޅުވާލައިފި އެވެ.
އެ ކުންފުނިން ބުނީ އެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 7 އާ ހަމައަށް ހުޅުވާލާފައިވ ކަމަށެވެ. މިކަމަށް ހުޅުވާލާފައި މި ވަނީ ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެ ފެސިލިޓީ އަށް ފަންޑްކޮށް ހަދާ ގޮތަށެވެ.
އެމްޕީއެލް ބުނި ގޮތުގައި ތިލަފުށީގައި ހަދަން ނިންމާފައިވާ ކާގޯ ހޭންޑްލިން ފެސިލިޓީ އަކީ މާލޭގެ ބަނދަރުގައި ކާގޯ ހޭންޑްލިން އަށް މި ވަގުތު ދިމާވެފައިވާ ތާށިކަމަށް ހައްލެއް ހޯދަން ހަދަން ނިންމާފައިވާ ތަނެކެވެ. އަދި ޕްރޮޖެކްޓަކީ މާލޭގެ ޕޯޓް ރީލޮކޭޓް ކުރަން ނިންމާފައިވާ މަޝްރޫއާ މުޅިން ވަކިން މަޝްރޫއެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.