މާލޭގެ ކެފޭއެއްގައި ހިނގި މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ މާފަންނުގައި ހުންނަ ކެފޭއެއްގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ހިންގި މާރާމާރީއެއްގެ މައްސަލަ މިއަދު މެންދުރު 15:28 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މަރާމާރީގައި އަނިޔާވި 22 އަހަރުގެ ދިވެހި ފިރިހެނަކު އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.