Last Updated: April 24, 16:58
Thursday, April 24, 2025
ޚަބަރު

ބިމެއް ވިއްކާނެ ކަމަށް ބުނެ ފައިސާ ނެގި މީހަކަށް ދައުވާ

ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ބިމެއް ވިއްކާނެ ކަމަށް ބުނެ، އަމިއްލަ މީހެއްގެ އަތުން 550،000 ރުފިޔާ ހޯދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެ ވެ.

އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އޭސީސީން އެދިފައިވަނީ އެޗްޑީސީގެ އެސްޓޭޓް އޮފިސަރުގެ މަގާމުގައި ކުރިން ހުރި މ. ސީވިންޑް/ ފުތިހާ ޝާކިރުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްދޭން އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދައުވާ އެވެ.

އޭސީސީން ބުނީ 2022 ވަނަ އަހަރު އެޗްޑީސީގެ ނަމުގައި ހުޅުމާލޭ ދެ ވަނަ ފިޔަވަހިން 2,600 އަކަފޫޓުގެ ބިމެއް ވިއްކާނެ ކަމަށް ބުނެ، އެ ކުންފުނީގެ ނަމުގައި ސައްހަ ނޫން ޕޭމަންޓް ސްލިޕްތަކެއް ތައްޔާރުކޮށް، 550,000.00 ރުފިޔާ އަމިއްލަ މީހެއްގެ އަތުން ހޯދާފައިވާކަން އެ ކޮމިޝަންގެ ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

އޭސީސީން ވަނީ އޮޅުވާލައިގެން ހޯދި ފައިސާ ވެސް ދައުވާގެ ތެރެއިން ހޯދައިދިނުމަށް އެދިފަ އެވެ.