ބޮލީވުޑްގެ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭގެ ކަޒިންއެއް ކަމަށްވާ އަހާން ޕާންޑޭ ބޮލީވުޑަށް ނެރޭ ފިލްމުގެ ނަމާއި ފިލްމު ބެލުންތެރިންނަށް ދޫކޮށްލާފައިވާ ތާރީހު އެ އުފައްދާ ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) އިން މިއަދު އިއުލާންކޮށްފި އެވެ.
ޑައިރެކްޓަރު މޯހިތު ސޫރީ ޑައިރެކްޓްކޮށް ގެނެސްދޭ ލޯބީގެ ފިލްމުގެ ނަމަކީ "ސައްޔާރާ" އެވެ. މިއީ "އާޝިގީ 2" އާއި "ޒަހެރް" އަދި "އޭކް ވިލަން" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ވައިއާރްއެފަށް ހެދި ފުރަތަމަ ފިލްމެވެ.
އެގޮތުން މޯހިތުގެ "ސައްޔާރާ" ސިނަމާތަކަށް ގެންނަން ތާވަލުކުރީ މި އަހަރުގެ ޖުލައި 18 ގަ އެވެ. މި ފިލްމުން އަހާންއާ އެކު އާ ބަތަލާކު ވެސް ތައާރަފު ކުރާނެ އެވެ. އެއީ އަނީތު ޕައްޑާ އެވެ.
އަހާން ބޮލީވުޑަށް ނެރެން އުޅޭ ވާހަކަ ދެކެވެމުން އަންނަނީ 2018 އިން ފެށިގެންނެވެ. އެހެންވެ "ސައްޔާރާ" އަކީ ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ.