ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 54 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
ކުރިމިނަލް ކޯޓުން އިއްޔެ 51 އަހަރުގެ މީހެއްގެ މައްޗަށް އެ ހުކުމް އިއްވީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، ކުޑަ އަންހެން ކުއްޖަކާ މެދު އެކި ދުވަސް މަތިން ގަދަކަމުން ޖިންސީ އަމަލު ހިންގައި އޭނަގެ ޖިންސީ ގުނަވަނުގައި ކުއްޖާ ލައްވައި ގަދަކަމުން އަތްލުވައި ޖިންސީ އަމަލު ހިންގި މައްސަލައާ ގުޅިގެންނެވެ.
އެ މައްސަލައިގައި އޭނަ އޭނާ ބަންދުގައި ތިން އަހަރު ހޭދަކޮށްފައި ވަނީ ތަންޒީފު ކުރަން ޖެހެނީ 51 އަހަރުގެ ޖަލު ހުކުމެކެވެ.
އެ މީހާގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ހުޅުމާލެެއިން ހައްޔަރުކުރީ ސެޕްޓެމްބަރު 3، 2022 ގަ އެވެ. އޭނަގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި، ތަހުގީގު ނިންމައި ފުލުހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ އެ އަހަރުގެ އޮކްޓޯބަރު 18 ގަ އެވެ.