Last Updated: April 24, 16:58
Thursday, April 24, 2025
ޚަބަރު

މަރާމާތު ނިމި 'ހުރަވީ' ރާއްޖެ އަށް ދަތުރު ފަށައިފި

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ކޯސްޓްގާޑު އުޅަނދުތަކުގެ ތެރޭގައި ހިމެނޭ "ހުރަވީ" އިންޑިއާގައި މަރާމާތު ކުރުމަށް ފަހު ރާއްޖެ އަށް އަންނަން ދަތުރު ފަށައިފި އެވެ.

މި ވާހަކަ އިއްޔެ އިންޑިއާގެ ނޭވީން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ހިއްސާކޮށްފައިވެ އެވެ.

"ހުރަވީ" މަރާމާތަށް މުމްބާއީ އަށް ގެންދިޔައީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ގަ އެވެ. ނޭވީން ބުނީ މުމްބާއީގެ ޑޮކްޔާޑެއްގައި "ހުރަވީ" ގެ ބޮޑެތި މަރާމާތުތަކެއްކޮށްފައިވާ ކަމަށެވެ. އެގޮތުން އޭގައި އެކުލެވޭ މެޝިނަރާއި ހަތިޔާރުތަކާއި ސެންސަ ފަދަ ތަކެތި އަޕްގްރޭޑް ވެސް ކޮށްފައިވެ އެވެ.

އިންޑިއާ ނޭވީ އިން ބުނީ "ހުރަވީ" އަލުން ރާއްޖެ ދާން ދަތުރު ފެށުމުގެ ކުރިން އޭގެ ވަރަށް ގިނަ ކަންކަން މިންގަނޑުތައް ފައްތައި ސޭފްޓީ އޮޑިޓެއް ވެސް ހަދާފައިވާ ކަމަށެވެ.

މިހާތަނަށް އެކި ފަހަރު މަތިން "ހުރަވީ" އިންޑިއާގައި ސާވިސްކޮށް، ރީފިޓްކޮށްފައިވެ އެވެ.