"ފެހި މަދަރުސާ" އާ އަލަށް ގުޅުނު 15 ސްކޫލާއެކު، އޭގައި މިހާރު ޖުމްލަ 62 ސްކޫލެއް ހިމެނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އަލަށް ގުޅުނު ސްކޫލްތަކަކީ ބ. ގޮއިދޫ، ބ. ފެހެންދޫ، ބ. ހިތާދޫ، ބ. ތުޅާދޫ، ބ. އޭދަފުށި، ބ. މާޅޮސް، ބ. ދަރަވަންދޫ، ބ. ދޮންފަނު، ބ. ކިހާދޫ، ބ. ކަމަދޫ، ބ. ކުޑަރިކިލު، ބ. ކެންދޫ، ނ. މަގޫދޫ، ނ. ޅޮހި، އަދި ނ. ކުޑަފަރީ އެވެ.
މި ސްކޫލްތަކަށް މިނިސްޓްރީ އާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަދި ސޮނެވާ ނަމުނާ ގުޅިގެން، ވަނީ 'ފެހި މަދަރުސާ' ޓްރެއިނިންގް އޮފް ޓްރެއިނާސް (ޓީއޯޓީ) ވޯކްޝޮޕެއް ވެސް ހިންގައިފަ އެވެ. މި މަހުގެ 20 އާއި 21 އަށް އެ ވޯކްޝޮޕް ބ. އަތޮޅާއި ނ. އަތޮޅު 42 ޓީޗަރަކާ އެކު ކުރިއަށް ގެންދިޔައީ ދަރަވަންދޫގަ އެވެ.
ވޯކްޝޮޕްގެ ތެރެއިން، ތިމާވެށި ރައްކާތެރިކުރުމުގެ ޢަމަލީ މަސައްކަތްތައް ރޭވުމާއި، ތިމާވެށީގެ ހޭލުންތެރިކަން އިތުރު ކުރުމާއި، މުޖުތަމަޢުގެ ބައިވެރިވުން ހޯދުމަށް ގެންގުޅެވޭނެ އުކުޅުތައް އަށަގެންނެވުމަށް އަމާޒުކޮށްގެން ސެޝަންތައް ކުރިއަށް ގެންދޔަ އެވެ. އަދި ބައިވެރިވި ޓީޗަރުން މަސައްކަތްކުރ ސްކޫލްތަކުގެ ޙާލަތާ ގުޅޭގޮތަށް ޕްރޮގްރާމް ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާތައް ވެސް ކުރެވުނެވެ.
މި ވޯކްޝޮޕަކީ ވޯލްޑް ބޭންކުގެ އެހީއާ އެކު ކުރިއަށް ގެންދާ 'އެޓޯލް އެޑިޔުކޭޝަން ޑެވްލޮޕްމަންޓް ޕްރޮޖެކްޓް' ގެ ދަށުން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.