"އަ ބްލޫ ޕްރިންޓް ފޮ އެކްސެލެންސް" ގެ ނަމުގައި މޯލްޑިވިސް ޕޮލިޓެކްނިކްގެ 2025-2028 ގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްފި އެވެ.
އެ އިފުތިތާޙްކޮށް ދެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ހައިދަރެވެ.
ޕޮލިޓެކްނިކްގެ ސްޓްރެޓެޖިކް ޕްލޭނަކީ ރާއްޖޭގެ މުސްތަޤްބަލް ބިނާކުރުމަށް އަމާޒުކޮށް ކުރިއަށްއޮތް 4 އަހަރުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާތަކުގައި ވަޒީފާ އަދާ ކުރާ ޒުވާނުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުކޮށް، ހަރުދަނާ ވަޒީފާގެ މާހަޢުލެއް ބިނާކުރުމަށް ޕޮލިޓެކްނިކްގެ ފަރާތުން ފަރުމާކުރެވިފައިވާ ޕްލޭނެކެވެ.
ޕޮލިޓެކްނިކްގެ ސްޓްރެޓެޖިކް ޕްލޭނިން ކޮމިޓީ (އެސްޕީސީ)ގެ ދަށުން އެ އިދާރާގެ މުވައްޒަފުން ޕޮލިޓެކްނިކްގެ ލަނޑުދަނޑިތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށް، އެ ދާއިރާގެ ތަޖުރިބާކާރު އިސްބޭފުޅުންގެ ލަފަޔާއި އިރުޝާދުގެ ދަށުން މި ސްޓްރެޓެޖިކް ޕްލޭން ބަލައި ފާސްކޮށްފައިވެ އެވެ.
ޕޮލިޓެކްނިކްގެ ސީއީއޯ، ޒޫޝާން ކަމާލުއްދީން ވިދާޅުވީ، އަމާޒަކީ މި ސްޓްރެޓެޖިކް ޕްލޭން މެދުވެރިކޮށް ފެންވަރު ރަނގަޅު ތަމްރީނުތަށް ފޯރުކޮށް ދިނުމާއި ގްރެޖުއޭޓްވާ ދަރިވަރުންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮށްދީ، ރާއްޖޭގެ އިގުތިސާދު ބިނާކުރުމުގައި ޕޮލިޓެކްނިކުން ޙިއްސާވުން ކަމަށެވެ.