މަސްތުވާތަކެތީގެ ތިން މައްސަލައެއްގައި ހުޅުމާލެއިން 3 މީހަކު ހައްޔަރުކޮށްފިއެވެ
ހައްޔަރުކޮށްފައި ވަނީ ޅ. ހިންނަވަރު، އާވާޒް، އަހުމަދު ގާސިމް، 42، އާއި ގދ. ގައްދޫ، ރަޖީނާގެ، އިބްރާހީމް ނިޔާޒު، 36، ގެ އިތުރުން ހއ. މާރަންދޫ، ސަނީބީމް، އަމްރު ޖަލީލް، 20، އެވެ.
މި މީހުންގެ ތެރެއިން ގާސިމްގެ އަތުން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ރަބަރު ޕެކެޓެއްގެ އިތުރުން ދެ ސެލޯފިންކޮޅު ފެނިފައިވެ އެވެ. އަމްރު ބަލައި ފާސްކުރިއިރު އޭނަގެ އަތުން 48 ދަޅު ބަނގުރާ ފެނިފައިވެ އެވެ.
އަދި ނިޔާޒު ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 67 ރަބަރު ޕެކެޓު ފެނިފައިވެ އެވެ.
މި މީހުންގެ މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.