Last Updated: April 23, 01:22
Tuesday, April 22, 2025
ޚަބަރު

މީދޫން ވިޔަފާރި އަށް 25 ބިން ދޫކުރަނީ

އައްޑޫ މީދޫން ވިޔަފާރި އަށް 25 ބިން ކުއްޔަށް ދޫކުރަން އިއުލާންކޮށްފި އެެވެ.

ތަފާތު ވިޔަފާރީގެ ބޭނުންތަކަށް ދޫކުރަން ނިންމާފައިވާ ބިންތަކުގެ ތެރޭގައި ހިމެނެނީ 1،000-12،310 އަކަފޫޓްގެ ބިންތަކެވެ.

ބިންތައް ދޫކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ސްވިމިން ޕޫލް ހެދުމާއި ރެސްޓޯރަންޓް ހިންގުމާއި ސްވެނިއާ ޝޮޕް ހިންގުމާއި އައްޑޫގެ އުފެއްދުންތައް ވިއްކުމަށާއި ހިންގުމާއި ސެލޫން/ސްޕާ ހިންގުމާއި ކޮފީ ޝޮޕާއި އާންމު ވިޔަފާރިތަކާއި ސާވިސް ސެންޓަރާއި ގާ އެޅުމަށާއި ވަޑާންކުރުމަށާއި ހެވީ ވެހިކަލް ކުއްޔަށް ދިނުން ފަދަ ކަންކަން ހިމެނެ އެވެ.

މި ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ މަހުގެ 7 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރޭޝަނަށް 300ރ. ދައްކަން ޖެހެ އެވެ.

ބިންތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑީ އަކީ އަންނަ މަހުގެ 21 ގެ ހެނދުނު 10:00 ގެ ކުރިންނެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު ކައުންސިލްގެ މި ނަމްބަރު 6885003 އިން ހޯދޭނެ އެވެ.