Last Updated: April 23, 01:22
Tuesday, April 22, 2025
ޚަބަރު

ޕީއެންސީ އާއި އެމްޑީޕީގެ ހަރަކާތްތަކެއް މިރޭ

ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އާއި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ހަރަކާތްތަކެއް މިރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ.

ޕީއެންސީން މިރޭ ބާއްވަނީ ހާއްސަ ހަރުގެ ޖަލްސާއެކެވެ.

ކޮންގްރެސް ހައުސްގައި ބާއްވާ ޖަލްސާ ފަށަން ހަމަޖެހިފައި ވަނީ މިރޭ 8:45 ގަ އެވެ.

އެމްޑީޕީން މިރޭ ބާއްވަނީ 'ރައީސް މުއިއްޒު ފާލުން ނެއްޓިއްޖެ' ގެ ނަމުގައި ބާއްވާ ކުއްލި ހަރަކާތެކެވެ. އެ ހަރަކާތް އޮންނާނީ ޕާޓީގެ ހަރުގެ ކުރިމަތީގަ އެވެ. ފަށާނީ 8:30 ގަ އެވެ.

އެމްޑީޕީމް ވަނީ ފާލުން ނެއްޓިފައިވާ މި ސަރުކާރު ހަމަ މަގަށް އަޅުވަން މިރޭ ވީހާ ގިނަ ބަޔަކު ނުކުތަމަށް އެދިފަ އެވެ.