މޯލްޑިވްސް ގޮލްފް އެސޯސިއޭޝަން (އެމްޖީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް އޯޕަން 2025" ގޮލްފް މުބާރާތުގެ ޖާޒީ އާއި ހަނދާނީފިލާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް އަރުވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖާޒީ އާއި ހަނދާނީފިލާ އަރުވާފައިވަނީ އެމްޖީއޭގެ ނައިބު ރައީސް، އަހުމަދު ނަޒީރެވެ.
އަންނަ ހުކުރު ދުވަހު ފަށަން ހަމަޖެހިފައިވާ މުބާރާތް ކުރިއަށް ދާނީ ސްރީ ލަންކާގެ ވިކްޓޯރިއާ ގޮލްފް ރިސޯޓްގަ އެވެ.
"މޯލްޑިވްސް އޯޕަން 2025" އަކީ ރާއްޖޭގައި ކުޅިވަރެއްގެ ގޮތުގައި ގޮލްފް ކުރިއަރުވައި، ތަރައްގީ ކުރުމަށް އެމްޖީއޭ އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބާއްވާ މުބާރާތެކެވެ.