މާލެ ސަރަހައްދުގެ ޕިކްނިން އައިލޭންޑް، ކުޑަކުރީގައި ކެފޭއެއްގައި ހިންގާނެ ބަޔަކު ހޯދަން ހުޅުވާލައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ބުނީ އެ ރަށުގެ ޔުނިޓެއްގައި ކެފޭއެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 13 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ކުޑަގިރީގައި ކެފޭއެއް ހިންގަން ކުއްޔަށް ދޭން ނިންމާފައި ވަނީ 1،541.71 އަކަފޫޓްގެ ޔުނިޓެކެވެ.
ހިއްކައިގެން ތަރައްގީކޮށްފައިވާ ކުޑަގިރި ހުޅުވީ 2023 ގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. މާލެ އިިން ލޯންޗެއްގައި ފުރައިގެން 15 ވަރަކަށް މިނިޓުން ދެވޢޭ ހިސާބުގައި އޮންނަ ކުޑަގިރި އަކީ ދަތުރުދާ މީހުންނަށް ބޭނުންވާނެ ވަރަށް ގިނަ ވަސީލަތްތަކާ އެކު ތަރައްގީކޮށްފައިވާ ރަށެކެވެ.
އަދި އެ ރަށުން ދެވޭ ހިދުމަތްތައް އިތުރު ކުރުމުގެ މަސައްކަތްތައް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.