Last Updated: April 25, 06:23
Friday, April 25, 2025
މުނިފޫހިފިލުވުން

'ދަ ރޯޔަލްސް' ގެ ޓްރެއިލާ ޝައުގުވެރި

އަންނަ މަހު ނެޓްފްލިކްސް އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ އިންޑިއާގެ އާ ސީރީޒް "ދަ ރޯޔަލްސް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ޒަމާނީ ލޯބީގެ ހާދިސާތަކެއް ދައްކުވައި ދޭނެ މި ސީރީޒަކީ ކާމިޔާބު ފިލްމުުތަކެއް ގެނެސްދީފައިވާ ޕްރިޓިޝް ނަންޑީ ކޮމިއުނިކޭޝަންސްް (ޕީއެންސީ) އާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ އެެއްޗެވެ.

"ދަ ރޯޔަލްސް" ގެ ކާސްޓްގައި އިޝާން ޚައްތަރު، ބޫމީ ޕިޑްނޭކަރް، ނޯރާ ފަތުހީ، ޑީނޯ މޯރިިއާ، ޒީނަތު އަމަން، ސާކްޝީ ތަންވަރު، މިލިންދު ސޯމަން، ޗަންކީ ޕާންޑޭ އަދި ވިހާން ސަމިތު ފަދަ ފަންނާނުން ހިމެނެ އެވެ.

މީގެ ޑައިރެކްޓަރުންނަކީ ނުޕޫރް އާސްތާނާ އާއި ޕްރިޔަންކާ ގޯސް އެވެ. ކުރިން ވެސް "ފޯ މޯ ޝޮޓްސް" ފަދަ ކާމިޔާބު ސީރީޒްތަކުގައި ހިއްސާވި ނުޕޫރަކީ ސޯނަމް ކަޕޫރާއި އަޔޫޝްމަން ކްރާނާގެ "ބޭވަކޫފިޔާން" އާއި ސާގިބް ސަލީމްގެ "މުޖްސޭ ފްރާންޑްޝިޕް ކަރޯގޭ" ގެނެސްދިން ޑައިރެކްޓަރު ވެސް މެ އެވެ.


ޕީއެންސީން ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި "ސުރް"، "ކާންޓޭ"، "ޖަންކާރް ބީޓްސް"، "ޗަމޭލީ"، "ޕިޔާރު ކޭ ސައިޑް އިފެކްޓްސް" އަދި "ޝާދީ ކޭ ސައިޑް އިފެކްޓްސް" ފާހަގަކޮށްލެވެ އެވެ.

"ދަ ރޯޔަލްސް" ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 9 ގަ އެވެ.