އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރެއްގައި ސައުދީ އަރަބިއްޔާ އަށް ވަޑައިގެންފި އެވެ.
އޭނަ އެ ގައުމަށް ވަޑައިގަތީ އިއްޔެ އެވެ. މޯދީ ސައުދީ އަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔާފައިވާ އިރުު، މިއީ ފާއިތުވި 40 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އިންޑިއާގެ ބޮޑުވަޒީރަކު ޖިއްދާ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
Landed in Jeddah, Saudi Arabia. This visit will strengthen the friendship between India and Saudi Arabia. Eager to take part in the various programmes today and tomorrow. pic.twitter.com/Y1HNt9J4nG
— Narendra Modi (@narendramodi) April 22, 2025
މޯދީގެ މި ދަތުރުގައި ސައުދީ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައި އެކި ދާއިރާތަކުން މަޝްވަރާތައް ކުރިއަށް ގެންދަވާނެ އެވެ. އެގޮތުން އިންޑިއާގެ ހައްޖު ކޯޓާ އިތުރުކޮށް ދިނުމާ ގުޅޭ ގޮތުން މިއަދު މަޝްވަރާ ކުރާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުންޏެވެ.
މޯދީ ސައުދީ އަށް ވަޑައިގެންނެވި އިރު އޭނަ މި މަހުގެ ކުރީކޮޅު ސްރީ ލަންކާ އަށް ވެސް ރަސްމީ ދަތުރެއް ކުރެއްވި އެވެ.