Last Updated: April 24, 09:48
Thursday, April 24, 2025
ޚަބަރު

'އައްޑޫ އީދި ސަމާ' މި އަހަރު ވެސް ބާއްވަނީ

ބޮޑު އީދު ފާހަގަކުރަން އަައްޑޫގައި މި އަހަރު ވެސް "އައްޑޫ އީދި ސަމާ" ބާއްވަން ނިންމައިފި އެވެ.

މިއީ އައްޑީގެ ހުރިހާ އަވަށެއްގައި ތަފާތުކ ކުޅިވަރު މުބާރާތްތަކާއި ފޯރިގަދަ އެކިއެކި ހަރަކާތްތަކާ އެކު ކައުންސިލުން އިންތިޒާމުކޮށްގެން ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.

އެގޮތުން މި އަހަރުގެ "އައްޑޫ އީދި ސަމާ" ވެސް ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާނެ އެވެ. އެގޮތުން އެ ހަރަކާތް ކުރިއަށް ގެންދާނީ ޖޫން 5-13 އަށެވެ.

މި އަހަރުގެ "އައްޑޫ އީދި ސަމާ" އިތުރު މައުލޫމާތު ވަރަށް އަވަހަށް އާންމު ކުރާނެ އެވެ.

މިދިޔަ އަހަރު ވެސް މުޅި އައްޑޫގައި ވަރަށް ގިނަ ހަރަކާތްތަތަކާ އެކު އީދި ސަމާ ބޭއްވި އެވެ. މިކަން ކުރިއަށް ގެންދަނީ ވަރަށް ގިނަ ފަރާތްތަކެއް ދީލަތި އެހީއާ ވެސް އެކީގަ އެވެ.