އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަތޮޅުތަކަށް ދަތުރުތަކެއް ފަށައިފި އެވެ.
ސިލްސިލާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ މި ދަތުރުގެ ތެރެއިން ފައްޔާޒާއި އެމްޑީޕީގެ ޓީމެއް މިއަދު ފުރާފައި ވަނީ ށ. އަތޮޅަށެވެ.
އެ ޕާޓީން ބުނީ މިއީ އެމްޑީޕީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް ކުރިއަށް އޮތް އިންތިހާބުތަކަށް ތައްޔާރުވުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތައް ވަރުގަދަ ކުރުމަށްޓަކައި ފަށާ ދަތުރުތަކެއް ކަމަށެވެ.
\
އެގޮތުން އަތޮޅުތަކަށް ފައްޔާޒް ކުރައްވާ ދަތުރުތަކުގައި ރަށްރަށުގައި ތިބި ޕާޓީގެ މެންބަރުންނާ ބައްދަލުކޮށް އެ ރަށްރަށުގައި އެމްޑީޕީގެ ތަފާތު ހަރަކާތްތަައް ހިންގުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ.