Last Updated: November 25, 05:48
Monday, November 25, 2024
ޚަބަރު

ހިތަދޫގައި ހުންނަ އެޗްއާރްސީއެމްގެ އޮފީސް ފަޅާލައިފި

ހިތަދޫގައި ހުންނަ އެޗްއާރްސީއެމްގެ އޮފީސް. އައްޑޫލައިވް ފޮޓޯ: ހުސެން މިރުސާދު

އައްޑޫ ސިޓީ، ހިތަދޫގައި ހުންނަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ އޮފީސް ފަޅާލައި އެތަނުން ވައްކަން ކޮށްފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި ގޮތުގައި، އެޗްއާރްސީއެމްގެ އޮފީހުން ވައްކަން ކުރި ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު މެންދުރު ފަހު 2:45 އެހާކަށް ހާއިރު ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، އެޗްއާރްސީއެމްގެ އޮފީހުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ވަދެ ވައްކަން ކުރި މައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށާއި އެ އޮފީހުން ވަގަށް ނަގާފައިވާ ތަކެތީގެ މައުލޫމާތު އަދި ސާފުނުވާ ކަމަށެވެ. މިހާތަނަށް ބެލި ބެލުމުން އެ އޮފީހުގެ ތަޅުދަނޑި ފައްޗެއް ގެއްލިފައިވާ ކަަން އެނގިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އެޗްއާރްސީއެމްގެ އޮފީސް ފަޅާލައި ވައްކަން ކޮށްފައިވާއިރު، އެތަނުގައި ސެކިއުރިޓީ ގާޑަކު ވެސް ހުރެއެވެ. އެހެން ނަމަވެސް ވައްކަން ކުރި ގަޑީގައި އޭނާ އެތަނުގައި ހުރި ކަމެއް ނުވަތަ ނޫން ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

މިކަމާއި ގުޅޭގޮތުން އެޗްއާރްސީއެމްގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.