އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު" ގައި ބައިވެރިވާން މިހާތަނަށް 250 އަށް ވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށް އިކޮނިމިކް މިނިސްޓްރީން ބުނެފި އެވެ.
އަންނަ މަހުގެ 23-31 އަށް ހުޅުމާލޭގައި ބާއްވާ މި މައުރަޒު އިންތިޒާމު ކުރަނީ އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބިޒްނެސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިންނެވެ.
މިނިސްޓްރީން ބުނީ މައުޒަރުގައި ބައިވެރިވާން މިހާތަނަށް 256 އެޕްލިކޭޝަން ލިބިފައިވާ އިރު، މައުރަޒުގައި 4،415 ތަފާތު އުފެއްދުންތައް ބައިވެރި ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
ވީހާ ވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން "އުފެއްދުންތެރިކަމުގެ މައުރަޒު 2025" ގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އޮތީ އިތުރު ވެސް ކޮށްފަ އެވެ.