Last Updated: April 25, 23:04
Friday, April 25, 2025
ޚަބަރު

ޝާހިދުގެ ޓީމް ފުރަތަމަ އައްޑު އަށް

ކުރިއަށް އޮތް އިންތިހާބުތަކަށް އެމްޑީޕީ ވަރުގަދަ ކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން އަތޮޅު ތެރޭގައި ހަރަކާތްތައް އިތުރު ކުރަން އެމްޑީޕީން ފަށާފައިވާ ދަތުރުގެ ތެރެއިން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ ޓީމު އައްޑު އަށް ވަޑައިގެންފި އެވެ.

ޝާހިދުގެ ޓީމްގައި އެމްޑީޕީގެ އައްޑޫ މަޖިލިސް މެންބަރުންތަކެއް ވެސް ހިމެނެ އެވެ.

އެމްޑީޕީން ބުނީ އަތޮޅުތަކަށް ފެށި މި ދަތުރުތަކަކީ ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް ކުރިއަށް އޮތް އިންތިހާބުތަކަށް ތައްޔާރުވުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތައް ވަރުގަދަ ކުރުމަށް ޕާޓީގެ މެންބަރުންނާ ބައްދަލު ކުރުމަށް ކުރާ ދަތުރުތަކެއް ކަމަށެވެ.

އެގޮތުން މިއަދު ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލު ވެސް ބޮޑު ޓީމަކާ އެކު، ށ. އަތޮޅަށް ވަޑައިގެންފައިވެ އެވެ.