Last Updated: April 24, 10:55
Thursday, April 24, 2025
ދުނިޔެ

ތުރުކީ އަށް ބިންހެލުމެއް އަތުވެއްޖެ

ތުރުކީ އަށް މިއަދު ބިންހެލުމެއް އަތުވެއްޖެ އެވެ.

މިޑިއާތަކުން ބުނީ މިއަދު ހެނދުނު އެ ބިންހެލުން އައީ ރިކްޓާ މިންގަނޑުން 6.2 ބާރުމިނުގައި ވެރިރަށް އިސްތަންބޫލަށް ކަމަށެވެ.

ބިންހެލުމާ ގުޅިގެން ލިބުނު ގެއްލުންތަކެއް އަދި ސާފެއް ނުވެ އެވެ. ޓްރާންސްޕޯޓް މިނިސްޓަރު އަބްދުލްގާދިރު އުރަލޮގްލޫ ވިދާޅުވީ ބިންހެލުނާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.

މީގެ ދެ އަހަރު ކުރިން ވެސް ތުރުކީ އަށް ވަރުގަދަ ބިންހެލުނެއް އައިސް އެތައް ބަޔަކު މަރުވެފައިވެ އެވެ. އެގޮތުން 2023 ގެ ފެބްރުއަރީ މަހު ރިކްޓާ މިންގަނޑުން 7.8 ބާރުމިނުގައި އައި ބިންހެލުމުގައި 55،000 އަށް ވުރެ ގިނަ މީހުން މަރުވެ، އުމްރާނީ ގޮތުން ވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.