Last Updated: April 24, 11:08
Thursday, April 24, 2025
ޚަބަރު

ދޮގު މައުލޫމާތު ދޭ ވަޒީރުންގެ މަގާމު ގެއްލޭ ގޮތް ހަދަންޖެހޭ

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ -- ފޮޓޯ / މިހާރު

ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދޭ ވަޒީރުންގެ މަގާމު ގެއްލޭ ގޮތަށް ޤާނޫނުތަކާއި ޤަވާޢިދުތައް އެކަށައެޅިފައި އޮތުން މުހިއްމު ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ސިޔާސީ ޕާޓީއަށް ވަންނަ މީހާގެ ފޯމުގައި ސޮއިކުރާއިރު ވެރިފަރާތުގެ ހާޒިރުގައި ހެކިވެރިންގެ ބައި ފުރިހަމަކުރަން ނުޖެހޭކަމަށް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވަނީ ވިދާޅުވެފަ އެވެ.

އިހުސާން މިހެން ވިދާޅުވި ނަމަވެސް ސިޔާސީ ޕަޓީއަށް މީހުން ވައްދާ ފޯމުގައި ހެކިންގެ ބައިގައި ލިޔެފައި އޮންނަނީ އެ ފޯމެއްގައި ސިޔާސީ ޕާޓީގެ މެންބަރަކަށް ވުމަށް އެދި ސޮއިކޮށްފައި އެވަނީ "އަހަރުމެންގެ ހާޒިރުގަ އެވެ." އަދި އޭނާ ދިފައިވަނި ތެދު މައުލޫމާތުކަމަށް އަހަރުމެން ހެކިވާ ކަމަށްވެސް ލިޔެފައިވެ އެވެ.

މި ވާހަކަތަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދީދީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ޙާޒިރުކުރެވި، ވަޒީރަކާ ކުރެވޭ ސުވާލުތަކާ ގުޅިގެން ދޮގު މަޢުލޫމާތު ދީ، ޕާލަމެންޓް "މިސްލީޑް" ކުރުމަކީ ބޮޑުވެގެންވާ ކުށެއް ކަމަށެވެ. އެފަދަ ވަޒީރުންނާ މެދު ޕާލަމެންޓަރީ ބެސްޓް ޕްރެކްޓިސް އަށް ޢަމަލުކޮށް، އެ ވަޒީރެއްގެ މަޤާމު ގެއްލޭގޮތަށް ޤާނޫނުތަކާއި ޤަވާޢިދުތައް އެކަށައެޅިފައި އޮތުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށް ދީދީ ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް މިއަހަރުގެ ކުރީކޮޅު މަޖިލީހަށް ވައްދާފަ އެވެ. އެމްޑީޕީން މަޖިލީހަށް މި މައްސަލަ ވެއްދީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ކޮށްގެން ނުވާނެ ކަންތައްތަކެއްކޮށް، އިހުސާން ގާނޫނުތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ އެވެ.

ނަމަވެސް ޕީއެންސީގެ މެމްބަރުންގެ ތާއީދާއެކު އިހުސާނަށް އިތުބާރު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

އިހުސާނަކީ މި ސަރުކާރުގައި ތިއްބެވި ވަޒީރުންގެ ތެރެއިން އިތުބާރު ނެތް ކަމުގެ މައްސަަލައަކާ ކުރިމަތިލެއްވުމަށް ޖެހިވަޑައިގެންނެވި ފުރަތަމަ ވަަޒީރެވެ.