Last Updated: April 24, 11:08
Thursday, April 24, 2025
ޚަބަރު

އައްޑު އަކީ އިސްލާހީ ހަރަކާތް ބާރަށް ހިނގާ ތަނެއް

އައްޑު އަކީ އަބަދު ވެސް އިސްލާހީ ހަރަކާތް އެންމެ ބާރަށް ކުރިއަށްދާ އެެއް ސަރަހައްދު ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރަން މިއަދު އަތޮޅުތަކަށް ފެށި ދަތުރުގެ ތެރެއިން ކުރީގެ ފޮރިން މިނިސްޓަރު ޝާހިދުގެ ޓީމުން މިއަދު އައްޑު އަށް ފެށި ދަތުރާ ގުޅުވައި ޝާހިދު ވިދާޅުވީ އައްޑޫ އަކީ އެމްޑިޕީ އުފެއްދުމުގެ މަސައްކަތުގައި ވެސް، އަދި އުފެދިގެން މިއަދާ ހަމައަދް ވެސް މެދުކެނޑުމެއް ނެތި އިސްލާޙީ ޙަރަކާތް އެންމެ ބާރަށް ހިނގާ އެއް ސަރަޙައްދު ކަމަށެވެ.

"މި ދަތުރުގައި އައްޑޫގައި ތިބި ޕާޓީގެ މެމްބަރުންނާ ބައްދަލުކޮށް، ޕާޓީގެ މަސައްކަތްތަކާއި ކުރިއަށް އޮތް އިންތިޚާބުތައް ޕާޓީއަށް ކާމިޔާބުކޮށް ދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރާނަން." އޭނަ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މި ދަތުރުގެ ކުރިއަށް އޮތް ދެތިން ދުވަހު އައްޑޫގައި ތިބި އެމްޑީޕީ މެމްބަރުންގެ ގާތަށް ގޮސް، ޕާޓީގެ ހިންގުމާއި ކުރިއަށް އޮތް އިންތިޚާބުތަކަށް ތައްޔާރުވުމާ ބެހޭ ގޮތުން މެމްބަރުންގެ ޚިޔާލާއި މަޝްވަރާ ހޯދާނެ ކަމަށެވެ.

ޝާހިދުގެ ޓީމު މިއަދު އައްޑު އަށް އައި އިރު، ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ޓީމު މިއަދު ވަޑައިގަތީ ށ. އަތޮޅަށެވެ.