Last Updated: April 25, 23:04
Friday, April 25, 2025
ރިޕޯޓް

ހުކުރަށް އަވަހަށް ދާންވީ ކީއްވެ؟

ލޮބުވެތި މުސްލިމް އަޚުންނޭވެ! ﷲ ގެ މި ނިދާ އަށް ކިޔަމަންތެރިވެ ދުނިޔަވީ މަސައްކަތުން ދުރުވެ ހުކުރަށް ދިޔުމަށް އަވަސްވެ ގަންނަ މީހަކީ ބޮޑުވެގެންވާ ނަޞީބުވެރިއެކެވެ.

ސަލާމާއި ޞަލަވާތް ލެއްވި ކައު އިތުރު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެ އެވެ.
إِذَا كَانَ يَوْمُ الجُمُعَةِ وَقَفَتِ المَلاَئِكَةُ عَلَى بَابِ المَسْجِدِ يَكْتُبُونَ الأَوَّلَ فَالأَوَّلَ ، وَمَثَلُ المُهَجِّرِ كَمَثَلِ الَّذِي يُهْدِي بَدَنَةً ، ثُمَّ كَالَّذِي يُهْدِي بَقَرَةً ، ثُمَّ كَبْشًا ، ثُمَّ دَجَاجَةً ، ثُمَّ بَيْضَةً ، فَإِذَا خَرَجَ الإِمَامُ طَوَوْا صُحُفَهُمْ ، وَيَسْتَمِعُونَ الذِّكْرَ
މާނައީ ”ހުކުރު ދުވަހު މަލާއިކަތުން މިސްކިތުގެ ދޮރުމަތީ ތިއްބަވާނެ އެވެ. އަދި ހުކުރަށް އަންނަ މީހުން އެ މީހުން އަންނަ ތަރުތީބުން ލިޔުއްވަވާނެ އެވެ.

ހުކުރަށް ކުރިން އަންނަ މީހާ (އެބަހީ ފުރަތަމަ ސާޢަތުގައި އަންނަ މީހާ) މާތް ﷲ އަށްޓަކައި ޖަމަލެއް ޤުރުބާންކުރި ފަދަ އެވެ.
ދެން އަންނަ މީހާ (އެބަހީ ދެވަނަ ސާޢަތުގައި އަންނަ މީހާ) މާތް ﷲ އަށްޓަކައި ގެރިއެއް ޤުރުބާންކުރި ފަދަ އެވެ. ދެން އަންނަ މީހާ (އެބަހީ ތިންވަނަ ސާޢަތުގައި އަންނަ މީހާ) މާތް ﷲ އަށްޓަކައި ބަކަރިއެއް ޤުރުބާންކުރި ފަދަ އެވެ.
ދެން އަންނަ މީހާ (އެބަހީ ހަތަރުވަނަ ސާޢަތުގައި އަންނަ މީހާ) މާތް ﷲ އަށްޓަކައި ކުކުޅެއް ޤުރުބާން ކުރި ފަދަ އެވެ.
ދެން އަންނަ މީހާ (އެބަހީ ފަސްވަނަ ސާޢަތުގައި އަންނަ މީހާ) މާތް ﷲ އަށްޓަކައި ކުކުޅު ބިހެއް ޞަދަޤާތްކުރި ފަދަ އެވެ.

ފަހެ އިމާމު މީހާ މިންބަރަށް އަރާވަޑައިގަތުމުން (މަލާއިކަތް ބޭކަލުން) އެބޭކަލުންގެ ފަތްތައް ލައްޕަވާލައްވައި ޚުތުބާ އަޑުއެއްސެވުމަށް ތިއްބަވާނެ އެވެ."

މަސްދަރު: އިލްމު.އެމްވީ