Last Updated: April 24, 11:08
Thursday, April 24, 2025
ޚަބަރު

އަންހެން ކުއްޖާއަށް އިންސާފު ހޯދައިދޭން ގޮވާލާ އިހުތިޖާޖެއް

މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެން ކުއްޖާއަށް އިންސާފު ހޯދައިދޭން ގޮވާލާ އިހުތިޖާޖެއް މާލޭގައި ފަށައިފި އެވެ.

އުމުރުން 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެވެ. އެ ޒުވާނާ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ. އެހެންނަމަވެސް އެ ޒުވާނާގެ ހާލު އަދިވެސް ސީރިއަސް އެވެ.

މި މައްސަލާގައި ފުލުހުން ރޭ ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުމުގައި މި ހާދިސާ ހިނގި ގޮތާއި ސީސީޓީވީ ފުޓޭޖުތަކެއް ދައްކާފައިވެ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އަންހެން ކުއްޖާގެ ވަނަވަރު ހާމަކުރި ނަމަވެސް މިކަމުގައި ދެން ހިމެނޭ އެއްވެސް މީހެއްގެ ނަމެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި މި ހާދިސާ ހިނގި ރޭ އެ އަންހެން ކުއްޖާއާއެކު ހުރި 21 އަހަރުގެ ޒުވާނަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ނަމަވެސް އޭނާ މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެ އެވެ.

މި މައްސަލައިގައި ފުލުހުން ތަހުގީގު ކުރިއަށްގެންދާ ގޮތާއި މެދު އާންމުންގެ ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

މާލޭގައި މިރޭ ކުރިއަށްގެންދާ އިހުތިޖާޖުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވަމުންދާއިރު، ޒުވާނުން އަންނަނީ މިކަމުގައި ޝާމިލުވާ ފަރާތްތައް ހައްޔަރުކޮށް އިންސާފު ގާއިމުކުރުމަށް ގޮވާލަމުންނެވެ. ޒުވާނުން އެއްވެފައިވަނީ ހެންވޭރުގައި ހުންނަ ފުލުހުންގެ އިމާރާތުގެ ކައިރިއަށް ކަމަށްވާއިރު އެ ސަރަހައްދުގައި ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އަންހެން ކުއްޖާ ވެއްޓުނު ހާދިސާގެ ތަހުގީގުގައި ފުލުހުން ގާނޫނާ ގަވާއިދާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ބުނާ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓްގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވަނީ ނިންމާފަ އެވެ.