Last Updated: April 26, 05:18
Saturday, April 26, 2025
ޚަބަރު

ހއ. އަތޮޅަށް 25 ދިވެހި ޑޮކްޓަރުން ހޯދަނީ

ހއ. އަތޮޅަށް ގިނަ އަދަދެއްގެ ޑޮކްޓަރން ހޯދަން އެ އަތޮޅު ހޮސްޕިޓަލުން އިއުލާންކޮށްފި އެވެ.

ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ހޯދަން އިއުލާންކުރީ 25 ދިވެހި ޑޮކްޓަރުންނެވެ. މި ޑޮކްޓަރުންނަކީ އެ ހޮސްޕިޓަލާއި އެތަނުގެ ދަށުން ހިންގަމުން އަންނަ ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާ ބިދޭސީ ޑޮކްޓަރުންގެ ބަދަލުގައި ހޯދާ ދިވެހި ޑޮކްޓަރުން ކަމަށް ހޮސްޕިޓަލުންނެވެ.

އެހެންވެ ޝައުގުވެރިވާ ޑޮކްޓަރުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ހއ. އަތޮޅު ހޮސްޕިޓަލުން ބުނީ ޑޮކްޓަރުން ހޮވާނީ ކުރިމަތިލާ ޑޮކްޓަރުންގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި، އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓްކޮށް އިންޓަވިއު ކުރުމަށް ފަހު ކަމަށެވެ. އިންޓަވިއު އާއި ޕްރެޒެންޓޭޝަން އޮންނާނީ އަންނަ މަހުގެ 4 އާއި ޖޫން 3 އާ ދެމެދު އެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު މި ނަމްބަރުން 6500053 ހޯދޭނެ އެވެ.