ރާއްޖޭގައި އުފައްދާފައިވާ މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކް (އެމްޑީބީ) ގެ ބޯޑް މެންބަރަކު އަނެއްކާ ވެސް އިސްތިއުފާ ދެއްވައިފި އެވެ.
އެ ބޭންކުގެ ބޯޑުން އިސްތިއުދާ ދެއްވީ އަހުމަދު އަލީ އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ އޭނަ، އިއްޔެ އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އިސްތިއުފާ ގަބޫލުކޮށް މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑު މެންބަރުކަމުގެ މަޤާމުގައި ހުންނެވި މއ. ވޭސަިއޑް 805 ފްލެޓް، އަލްފާޟިލް އަޙްމަދު ޢަލީ، 23 އޭޕްރީލް 2025 ގައި އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ ބޭފުޅާގެ އިސްތިއުފާ ޤަބޫލުކޮށް އެ މަޤާމުން ވަނީ ވަކި ކުރެވިފައެވެ.
— Privatization & Corporatization Board (@pcb_gov) April 24, 2025
އެމްޑީބީގެ ބޯޑަށް އަހުމަދު އައްޔަންކުރީ މިދިޔަ އަހަރުގެ އޮގަސްޓް 21 ގަ ހެވެ.
އޭނަ ބޯޑުން އިސްތިއުފާ ދެއްވި އިރު، އެމްޑީބީގެ ސީއީއޯގެ މަގާމަށް އައްޔަންކުރި އިނގިރޭސިވިލާތުގެ ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް ވެސް މިދިޔަ މަހުގެ 23 ގައި ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އެމްޑީބީ އުފެއްދީ މިދިޔަ އަހަރުގެ މެއި 16 ގަ އެވެ.
އެ ބޭންކުގެ ޗެއާޕާސަނަކީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކައެވެ.