ރާއްޖެ މިހާރު ވަޑައިގެން އުޅުއްވާ މަސްޖިދުއްނަބަވީގެ އިމާމު ޝައިޚް ޑރ. ޞަލާޙުލް ބުދައިރު މިރޭ އިސްލާމީ މަރުކަޒުގައި ވަރަށް ހާއްސަ ދަރުހެއް ދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ ދަރުސް ދެއްވާނީ އެ މިސްކިތުމުގައި ބުދައިރު އިމާމުވެޑައިގެން އިޝާ ނަމާދު ކުރެއްވުމަށް ފަހު އެވެ. އެ ދަރުސް ތަރުޖަމާކޮށް ދެއްވާނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
އިމާމު ރޭ ވަނީ މާލޭގެ ސަލްމާން މިސްކިތުގައި އިމާމުވެ މަޣުރިބު ނަމާދާއި ޢިޝާ ނަމާދު ވެސް ކުރައްވައިފަ އެވެ. އެ ދެ ނަމާދުގެ ޖަމާޢަތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެ އެވެ.
ބުދައިރުގެ މި ދަތުރުފުޅަކީ ރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރެއްވުމަށް، އިސްލާމީ އުއްމަތުގެ ފާހަގަކޮށްލެވޭ އިމާމުން ރާއްޖެއަށް ގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އިސްލާމިކް މިނިސްޓްރީން ދިން ދަޢުވަތެއްގައި ކުރައްވާ ދަތުރުފުޅެކެވެ.