އިންޑިއާގެ އެންމެ ބޮޑު އިންޓަނޭޝަނލް ކްރޫޒް ޓާމިނަލް ހުޅުވައިފި އެވެ.
މުމްބާއީގައި ހަދާފައިވާ ޒަމާނީ ކްރޫޒް ޓާމިނަލް ހުޅުއްވައި ދެއްވީ ޔުނިއަން ޝިޕިން މިނިސްޓަރު ސަރުބަނަންދާ ސޮނޮވާލެވެ.
މި ކްރޫޒް ޓާމިނަލް އަކީ 556 ކްރޯޑް ރުޕީސް (65 މިލިއަން ޑޮލަރު) ހަރަދުކޮށްގެން ގާއިމުކޮށްފައިވާ ތަނެކެވެ. މުމްބާއީ އިންޓަނޭޝަނަލް ކްރޫޒް ޓާމިނަލް (އެމްއައިސީޓީ) އަކީ އެއް ފަހަރާ ފަސް ކްރޫޒްލައިނާއަކަށް ހިދުމަތް ދެވޭނެ ތަނެކެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އެތަނުން 10،000-15،000 ދެމެދުގެ ޕެސެންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.
ކްރޫޒްލައިނާ ތަރައްގީކޮށްފައި ވަނީ ޕަބްލިކް/ޕްރައިވެޓް މޮޑެލްގެ ދަށުންނެވެ.
އެތަން ހުޅުވައި ހިދުމަތް ދޭން ފެށި ނަމަވެސް ޓާމިނަލްގެ ބައެއް މަސައްކަތްތައް އަދިވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން އެތަނުގައި ކޮމާޝަލް ބޭނުންތަކަށް ހާއްސަކޮށްފައިވާ ކެފޭތަކާއި ފިހާރަތައް ފަދަ ތަންތަނުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ،