މިދިޔަ ހުކުރު ދުވަހު މާލޭގެ ގެއެެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން، އެ ހާދިސާއާ ޝާމިލުވާ އެންމެންގެ ވަނަވަރު އާންމުކޮށް ޕާސްޕޯޓް ވެސް ހިފަހައްޓައިފި އެވެ.
ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ބުރިން ހުކުރު ދުވަހު ވެއްޓިފައި ވަނީ ހައްވާ ޔުމްނު ރަޝީދު 21، އެވެ.
އެ ހާދިސާ ހިނގަން މެދުވެރި އިރު، އޭނައާ އެކު އުޅުނު މީހުންނަކީ:
* ރައުދު އަހުމަދު ޒިލާލް، ގ. އެރިޔަދޫ
* އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
* އިޒްދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
* ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގެދެކުނުގެ
* ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، ހ. މީނާޒް
* އައިމިނަތު ޖުނައިނާ ޖަމްޝީދު، މ. ތިލަފަޅު
* ހުސައިން ހަމީސް އަލީ، އަލި، ނ. ވެލިދޫ
* އިޖާޒް ޖާއިޒް، މާތޮޑާ އަވަށް، ގދ. ފަރެސްމާތޮޑާ
ފުލުހުން މިއަ ބޭއްވި ނޫސްވެރިންގެ ޕޮލިސް ކޮމިޝަނަރު، އަލީ ސުޖާއު ވިދާޅުވީ އެ 8 މީހުންނަކީ ވެސް ޔުމްނުއާ އެކު އުޅުނު މީހުން ކަމަށެވެ.
އަދި މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދާނީ އެންމެންގެ ޕާސްޕޯޓް ހިފަހައްޓައު ރައުދު ހައްޔަރު ކުރުމުގެ އަމުރަކަށް ވެސް މިހާރު އޮތީ އެދިފަ އެވެ.
ފުލުހުން މިއަދު ވަނީ ޔުމްނު ވެއްޓުމުގެ ކުރިން ހިނގާފައިވާ ބައެއް ކަންކަމުގެ ވީޑިއޯ ފުޓޭޖު ވެސް ދައްކައިފަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ. ކުރިން އޭނަ ވެންޓިލޭޓަރުގައި އޮތް ނަމަވެސް ވެންޓިލޭޓަރުން މިހާރު އޮތީ ނަގައިފަ އެވެ. ނަމަވެސް އޭނަގެ ހާލު އަދިވެސް ސީރިއަސް އެވެ.
މަސްތުވެގެން ތިބެ ޒުވާން ގްރޫޕަކުން އަންހެން ކުއްޖޭ ރޭޕްކޮށްފައިވާ ކަމަށް ތުހުމަތުކޮށް، ވަރަށް ގިނަ ބަޔަކު ދަނީ ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ފާޑު ވެސް ކިޔަމުންނެވެ.