ރާއްޖޭގައި އަލަށް ހިންގި ރޭޑިއޯގްރާފަރުން ތަމްރީނުކުރުގެ ޕްރޮގްރާމް ކޯސް 23 މީހަކު ފުރިހަމަކޮށްފި އެވެ.
ޑިޕްލޮމާ އިން ރޭޑިއޯގްރަފީ މި ކޯހަކީ އެސްޓީއޯ އާއި ޖީއީ ހެލްތު ކެއާ ގުޅިގެން 2022 ގައި ފެށި ކޯހެކެވެ.
މިކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ވިލާ ކޮލެޖްގައި ބޭއްވި ކޯހުގެ ދަސްވެނިވުމުގެ ޝަރަފުވެރިކޮށް ދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.
މި ކޯހުގައި 25 މީހަކު ބައިވެރިވި އިރު، ކޯސް ފުރޮހަމަކޮށް ސެޓްފިކެޓް ހާސިލުކުރީ 23 ބައިވެރިންނެވެ.
ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯހުގެ ކިޔެވުން ފެށީ 200 ގެ އޮކްޓޯބަރުގަ އެވެ. މި ކޯހަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކުރެވިފައިވާ، ދެ އަހަރުގެ ތިއަރީ އާއި ހަ މަސް ދުވަހުގެ ޢަމަލީ ތަޖުރިބާ ހިމެނޭ ކޯހެކެވެ.
އެގޮތުން ބައިވެރިންނަށް ކްލިނިކަލް ތަމްރީނާއި އިންޓާންޝިޕް ފުރިހަމަ ކުރުން ކުރިއަށް ގެންދިޔައީ މާލެ ސަރަހައްދުގެ އެންމެ ބޮޑު ފަސް ހޮސްޕިޓަލްތައް ކަމަށްވާ އައިޖީއެމްއެޗް، އޭޑީކޭ، ސެނަހިޔާ، ޓްރީޓޮޕް އަދި ހުޅުމާލެ ހޮސްޕިޓަލްގަ އެވެ.