ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އައްޑޫ ފޭދޫ އަންހެނަކު ހޯދަން އިއުލާންކޮށްފި އެވެ.
ހޯދަނީ އެ އަވަށު ރެޑް ރޯސް، އައިމިނަތު ނުސްރަތު، 34، އެވެ.
ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ ފުލުހުންގެ ކްރައިމްސް އެގެއިންސްޓް ޗިލްޑްރެން ޑިޕާރޓްމަންޓުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް ހާޒި ރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.
އެހެންވެ މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އަށް މާލޭގެ ސާޖެންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ނުސްރަތު ހާޒިރުވާން އަންގާފައިވެ އެވެ.