Last Updated: November 25, 08:52
Monday, November 25, 2024
ޚަބަރު

ޢީދު ފާހަގަކުރުމަށް ހިތަދޫގައި ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

ފޮޓޯ: ނޫރުލް އިސްލާމް

އައްޑޫސިޓީ،ހިތަދޫގައި އަޟްހާ ޢީދު ފާހަަގަ ކުރުމަށް ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ.

ހިތަދޫ ނޫރުލް އިސްލާމް ޖަމްޢިއްޔާ އާއި ހިރާ ސްކޫލުގެ ޕީ.ޓީ.އޭ ގެ އިތުރުން އައްޑޫ ހައި ސްކޫލް ގުޅިގެން އިންތިޒާމްކުރާ މި ހަވީރަކީ ޢީދުގެ އުފަލުގައި ކުޑަކުދިން ބައިވެރިކުރުމުގެ މަޤްސަދުގައި ބާއްވާ ހަރަކާތެކެވެ.

ހަވީރު އިންތިޒާމުކުރާ ފަރާތުން 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި މި ހަވީރު އޮންނާނީ 25 ސެޕްޓެމްބަރު ވާ ހުކުރު ދުވަހުއެވެ.

ހިތަދޫ ސްޓޭޖް ސަރަހައްދުގައި ބާއްވާ މިހަވީރުގައި ތަފާތު ކުޅިވަރު ހަރަކާތްތައް ކުރިއަށް ދާއިރު އެ ދުވަހުގެ ހަރަކާތްތައް ކުރިއަށްދާނީ 04:00 އިން 06:00 އަށެވެ. މިހަވީރުގައި ޢީދު ހަދިޔާ އާއި ޢީދު ބެޖުތަކުގެ އިތުރުން ޢީދު ފުއްޕާހަން ވެސް ހިލޭ ލިބޭނެކަމަށް ހަވީރު އިންތިޒާމް ކުރާ ފަރާތްތަކުން ބުނެއެވެ.