ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން ރ. ދުވާވަރުން 51 ބިދޭސީއަކު އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ އެ މީހުން އަތުލައިގަތީ އެ ރަށުގައި އިއްޔެ ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައި 100 އަށްވުރެ ގިނަ ބިދޭސީން ބަލައި ފާސްކޮށް ކަމަށެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ދުވާފަރު ކައުންސިލްގެ އެހީތެރިކަމާއި އެއްބާރުލުމާ އެކީގަ އެވެ.
އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި މިހާތަނަށް މާލެ ސަރަހައްދުން ވަރަށް ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަނެ، 7،000 އެއްހާ މީހުން މިހާތަނަށް ޑީޕޯޓްކޮށްފައިވެ އެވެ.