Last Updated: April 25, 23:04
Friday, April 25, 2025
ޚަބަރު

އައްޑޫ މީހަކާއި ފުވައްމުލައް މީހަކު ޑްރަގާ އެކު ހައްޔަރަށް

ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ

މި މަހުގެ 22 ގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ އައްޑޫ ހިތަދޫ، އަދުނީ، އިބްރާހީމް ރަޝީދު، 40، އާއި ފުވައްމުލައް، މިސްކިތްމަގު، ކުދިމާގޭ ޞަފިއްޔާ މުޙައްމަދު، 41، އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 108.96 ގުރާމްގެ ތަކެތި ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރަޝީދު 15 ދުވަހަށް އަދި ޞަފިއްޔާގެ ފަސް ދުވަސް ޖަހާފައިވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.