Last Updated: April 28, 00:30
Sunday, April 27, 2025
ޚަބަރު

އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ފަށައިފި

އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 250 އެތުލީޓުންނާއެކު މިއަދު ފަށައިފިއެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މި އަހަރު ރާއްޖޭގައި ބާއްވާ ފުރަތަމަ މުބާރާތް މިއަދު މާލޭގެ އެކުވެނި ޓްރެކްގައި ފެށި އިރު މުބާރާތުގައި ޖުމްލަ 17 އެކަޑަމީއަކުން އެތުލީޓުން ވާދަކުރެ އެވެ.

'މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕް" ގައި ހެނދުނު ކުރިޔަށް ގެންދިޔަ އިވެންޓްތަކުގެ ތެރޭގައި 16 އަހަރުން މަތީގެ ފިރިހެން އަދި އަންހެން ކެޓަގަރީގެ 1500 މީޓަރު ދުވުން، 16 އަހަރުން ދަށުގެން އަންހެން ކެޓަގަރީގެ ޝޮޓްޕުޓް، 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ 1500 ދުވުން އަދި 16 އަހަރުންދަށުގެ ފިރިހެން ކުދިންގެ ބައިގެ ލޯންގް ޖަންޕް ހިމެނެއެ ވެ.

ހަވީރު 4:00 އިން ފެށިގެން ކުރިޔަށް ހުރި އިވެންޓްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި މުބާރާތް ކުރިޔަ ށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

މި އަހަރުގެ މުބާރާތުގައި ހިމެނެނީ 5000 މީޓަރާއި 1500 މީޓަރާއި 800 މީޓާރާއި 400 މީޓަރު އަދި 200 މީޓަރު ދުވުމުގެ އިތުރު ހައިޖަމްޕް، ލޯންގް ޖަމްޕް، ޓްރިޕަލް ޖަމްޕް، ޝޮޓްޕުޓް އަދި ޖެވެލިން އެވެ.