އައްޑޫ މަރަދޫފޭދޫގައި ކުޑަކުދިންތަކެއް ޕާކެއް ހަދާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
ކައުންސިލުން ބުނީ ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 4 އާ ހަމައަށެވެ.
މިކަމާ ގުޅޭ ގޮތުން ބާއްބާ މައުލޫމާތު ދިނުމުގެ ސެޝަނެއް އަންނަ މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މަރަދޫފޭދޫ އަވަށުގައި އޮންނާނެ އެވެ.
ކައުންސިިލުން ބުނީ ކުޑަކުދިންގެ ޕާކް ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހަޅާ އިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި 5،100ރ. ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ.
މަރަދޫފޭދޫގައި ކުޑަކުދިންގެ ޕާކެއް ހަދައި ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލި އިރު، އެ އަވަށުގައި ކުރިން ހެދި ކުޑަކުދިންގެ ޕާކްގައި ސްކޭޓިން ޕާކެއްގެ ގޮތުގައި އަންނަނީ ހަދަމުންނެވެ. އެ މަސައްކަތުގެ ބޮޑު ބައި މިހާރު އޮތީ ނިމިފަ އެވެ.