Last Updated: April 26, 05:59
Saturday, April 26, 2025
ޚަބަރު

1.3 މިލިއަން ސިނގިރޭޓް ނައްތާލައިފި

މޯލްޑިވްސް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި މިލިއަނަކަަށް ވުރެ ގިނަ ސިނގިރޭޓް ނައްތާލައިފި އެވެ.

ކަސްޓަމްސް އިން ބުނީ ކ. ކާށިދޫގައި ނައްތާލާފައި ވަނީ 1،359،180 ސިނގިރޭޓް ކަމަށެވެ.

މި ތަކެއްޗަކީ ޤާނޫނާ ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ބަލައިފާސްކުރުމުގެ ތެރެއިން ދެނެގަނެވިފައިވާ ތަކެތި ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.

ދާދީ ފަހުން އައްޑޫ ސިޓީއަށް ވަގަށް އެތެރެކުރަން އުޅުނު އެއްލައްކަ ސިނިގިރޭޓް ވަނީ ކަސްޓަމްސް އިން އަތުލައިގެންފަ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީއިން ސިނގިރޭޓް ބޭރުކުރަން އުޅުނު ބަޔަކުވެސް ދާދި ފަހުން ވަނީ ހައްޔަރުކޮށްފަ އެވެ.