ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ، ޑާކް ރެއިން އެންޓަޓައިންމަންޓުން ކާސްޓިން ކޯލަކަށް ހުޅުވާލައިފި އެވެ.
އެކްޓްކުރަން ބޭނުންވާ އުމުރުން 18 އަހަރުން މަތީގެ ދެ ޖިންސްގެ މީހުންނަށް ހުޅުވައިލި މި ފުރުސަތަށް އެޕްލައި ކުރުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 30 އަށެވެ.
ޑާކް ރެއިނުން ބުނީ ކާސްޓިން ކޯލަށް ހުޅުވައިލީ މާލެ ސަރަހައްދަށް އެކަނި ކަމަށެވެ.
މިހާތަނަށް ކާމިޔާބު ގިނަ އުދެއްދުންތަކުގެ ގެނެސްދީފައިވާ ސްޓޫޑިއޯ އިން މިހާރު ވެސް އަންނަނީ ދެ އުފެއްދުމެއް ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވަމުންނެވެ. އެއީ މި މަހުގެ 28 ގައި މީޑިއާނެޓުން ޕްރީމިއާކުރަން ހަމަޖެހިފައިވާ ސީރީޒް "ފެށުމާއި ނިމުން" އާއި ޑާކް ސްޓޫޑިއޯ އިން މި އަހަރު ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ފިލްމު "އަލިފާން" އެވެ.
ޑާކް ރެއިންގެ އެންމެ ފަހުގެ އުފެއްދުމަކީ މީޑިއާނެޓްގެ އެމްއެސްވީޑިއޯ ކުލަބުން ދާދި ފަހުން ޕްރީމިއާކުރި ސީރީޒް "ރޯލީމޭ" އެވެ. އަދި އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ގެނެސްދިން "ބިބީ" އެވެ.