Last Updated: April 27, 11:56
Sunday, April 27, 2025
ދުނިޔެ

ރަޝިއާގެ އިސް ޖެނެރަލަކު އަވަހާރަކޮށްލައިފި

ރަޝިއާގެ އަސްކަރިއްޔާގެ އިސް ޖެނެރަލަކު މިއަދު އަވަހާރަކޮށްލައިފި އެވެ.

ކާރުގައި ބޮން ހަރުކޮށްގެން ގޮއްވައިލި ހާދިސާގައި އަވަހާރަވީ އަސްކަރިއްޔާގެ މެއިން އޮޕަރޭޝަންސް ޑިރޮކްޓަރޭޓް ޖެނެރަލް ސްޓާފްގެ ޑެޕިއުޓީ ހެޑް ޖެނެރެލް ޔަރޯސްލަވް މޮސްކަލިކެވެ.

އޭނަގެ ކާރު ގޮއްވައިލި މަންޒަރު ފެންނަ ވީޑިއޯތަކައް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. އެ ހާދިސާ ހިނގާފައި ވަނީ ވެރިރަށް މޮސްކޯއާ 20 މޭލެއްހާ ދުރުގައި އޮންނަ ބަލަޝިކާގަ އެވެ.

ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގައިފައެެއް ނުވެ އެވެ.

ރަޝިއާގެ އިސް ޖެނެރަލަކު މިއަދު އަވަހާރަކޮށްލާފައި ވަނީ އެ ގައުމުން ޔުކްރޭނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން ރަޝިއާ އާއި އެމެރިކާގެ މަޝްވަރާތަކެއް ކުރިއަށް ގެންދަން ތައްޔާރުވަމުން ދަނިކޮށެވެ. އެ މަޝްވަރާ އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާއްސަ މުޝީރެއްގެ ގޮތުން ރަޝިއާ އަށް ވަޑައިގެން އުޅުއްވަނީ ސްވީޓް ވިޓްކޮފެވެ.

އޭނައާ ރަޝިއާގެ ރައީސް ލަޑަމިއާ ޕުޓިން މިއަދު ކްރެމްލިންގައި ބައްދަލު ވެސް ކުރައްވާފައިވެ އެވެ.