ހޮލީވުޑްގެ މަޝްހޫރު އެކްޓަރު، ބްރެޑް ޕިޓް ތިން ވަނަ ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ،
މީޑިއާތަކުން ބުނީ މިހާރު އުމުރުން 61 އަހަރު އެކްޓަރާއި ލޯބިވެރިޔާ އިނެސް ޑި އާމްސް، 32، ރައްޓެހިވެގެން އުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ އިރު، އެ ގުޅުމާ މެދު ދެ މީހުން ވެސް މިހާރު ވަރަށް ސީރިއަސް ކަމަށެވެ. އެހެންވެ ކައިވެންޏަށް ޕްލޭން ކުރަމުން އަންނަ ކަމަށާއި މާ ގިނަ ދުވަސްތަކެއް ނުވެ، އެ ކައިވެނި ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ރަމޮން އަކީ މަޝްހޫރު ގަހަނާ ބްރޭންޑް، އަނީތާ ކޯގެ ވައިސް ޕްރެޒިޑެންޓެވެ. އޭނަ އާއި ޕިޓް ރައްޓެހިވީ 2022 ގައި ކަމަށް ރިޕޯޜްތައް ބުނެ އެވެ. ރަމޮން އަކީ ވެސް ޕިޓް ފަދައިން ކައިވެނި ރޫޅިފައިވާ މީހެކެވެ. އޭނަގެ ކުރީގެ ފިރިމީހާ އަކީ ވެސް އެކްޓަރެކެވެ. އެއީ "ވެމްޕަަޔާސް ޑައިރީ" ގެ ތަރިި ޕޯލް ވެސްލީ އެވެ.
އެ ދެ މީހުންގެ 2019 ގެ ކައިވެނި ރަސްމީކޮށް ރޫޅައިލީ މިދިޔަ އަހަރު އެވެ.
ޕިޓް ކުރިން ކައިވެނިކުރީ މަޝްހޫރު ދެ ބަތަލާއަކާ އެވެ. އޭނަ ފުރަތަމަ ކައިވެނިކުރީ "ފްރެންޑްސް" ގެ ބަތަލާ ޖެނިފާ އެނިސްޓަނާ އެވެ. ދެހާސް ވަނަ އަހަރު ކުރި ކައިވެނި ރޫޅައިލީ 2005 ގަ އެވެ. އޭގެ ފަހުން ބަތަލާ އެންޖެލީނާ ޖޯލީއާ ޕިޓް ކައިވެނިކުރީ 2014 ގަ އެވެ. ހަ ކުދުިން ވެސް ލިބިފައި ވަނިކޮށް އެ ކައިވެނި ނިމުމަކަށް ގެނައީ 2019 ގަ އެވެ.