Last Updated: April 28, 10:56
Monday, April 28, 2025
ޚަބަރު

ދަރިވަރުންތަކެއް ތެލަސީމިއާ އަށް ސްކްރީންކޮށްފި

ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ތެލެސީމިއާ އަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި އެ ސްކޫލުގެ 164 ދަރިވަރަކު ތެލެސީމިއާ އަށް ސްކްރީންކޮށްފައިވެ އެވެ.މި އީ މެޑިކަލް ލެބޯރަޓަރީ ޕްރޮފެޝަނަލްސް ހަފުތާ ފާހަގަކުރުމަށް އެ ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ ހަަރަކާތެެއް ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ތެލެސީމިއާ ފަރުވާގެ ކަންކަން ހަރުދަ ނާކުރުމަށް ސަރުކާރުން މިދިޔަ އަހަރު ކެބިނެޓުން ނިންމި ނިންމުމަކާ ގުޅިގެން ސްކޫލް ދަރިވަރުން ސްކްރީން ކުރުމުގެ މަސައްކަތް ސިލްސިލާކޮށް އަންނަނީ ކުރަމުންނެވެ.

މިދިޔަ އަހަރު ވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ސްކޫލްގައި ސްކްރީންގެ ހަރަކާތެއް ހިންގިއެވެ. އެ ފަހަރު 45 ދަރިވަރަކު ސްކްރީންކުރި އެވެ.

މިދިޔަ އަހަރު ސަރުކާރުން ތެލަސީމިއާގެ 14 މީހަކު ބޯންމެރޯ ހަދަން ރާއްޖެއިން ބޭރަށް ފޮނު ވިއެވެ. އަދު މިއަހަރުގެ މިހާތަނަށް ތިން ޕޭޝެންޓުން ފަރުވާ އަށް ފުރާފައިވެ އެވެ.

ސަރުކާރުން ނިންމާފައިވަނީ ކޮންމެ އަހަރަކު މަދުވެގެން 10 ކުއްޖަކު ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށެވެ.