Last Updated: April 28, 11:59
Monday, April 28, 2025
ޚަބަރު

މައުރަޒަށް އަނެއްކާ ވެސް މުއްދަތު އިތުރުކޮށްފި

އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025" ގައި ބައިވެރިވުމުގެ މުއްދަތު އަނެއްކާ އިތުރުކޮށްފި އެވެ.

މިއީ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ. އެގޮތުން މައުރަޒުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު މިހާރު ވަނީ އަންނަ މަހުގެ 10 އާ ހަމައަށް ހުޅުވާލައިފަ އެވެ.

އެންމެ ފުރަތަމަ އެ މުއްދަތު ހުޅުވައިލީ މި މަހުގެ 15 އާ ހަމައަށެވެ. ނަމަވެސް ފަހުން މުއްދަތު މި މަހުގެ 31 އާ ހަމައަށް އިތުރުކުރި އެވެ.

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025" އަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކޮށްގެން ބާއްވަން ތައްތާރީވަމުން އަންނަ އިވެންޓެކެވެ.

މި މައުރަޒު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ 23-31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގަ އެވެ. މި މައުރަޒުގައި ބައިިވެރިވާ ފަރާތްތަކަށް ބޭނުންތަކަށް އެ މީހުންގެ އުފެއްދުންތައް ބައިވެރި ކުރެވޭނެ އެވެ.

މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކުރި އިރު، މިހާރު ވެސް ބައިވެރިވާން 300 އެއްހާ މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ.

މައުރަޒާ ގުޅޭ އިތުރު މައުލޫމާތު މިއިން www.expo.mv ލިބޭނެ އެވެ.