ސްޓޫޑެންޓް ލޯނަށް އެޕްލައި ކުރަން ދިން މުއްދަތު ހަމަވާން ކައިރިވަމުން އަންނާތީ، އެ ލޯނަށް އެޕްލައި ކުރާ އިރު، ހުށަހަޅަން ޖެހޭ ލިޔުންތަކުގެ ތެރޭގައި ހިމެނޭ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ހުށަހަޅަން ޖެހޭ ލިޔުން ފަސޭހަ އިން ހޯދޭނެ ފުރުސަތު ހުޅުވާލައިފި އެވެ.
އެގޮތުން މިއަދު މެންދުރު ފަހު “ވޯކް-އިން އެޕްލިކޭޝަން” ހަރަކާތެއް ކުރިއަށް ނިންމައިފި އެވެ. އެމްކިއުއޭ އިން ބުނީ އެ ހަރަކާތް ކުރިއަށް ދާނީ މިއަދު މެންދުރު ފަހު 2:00 އިން 6:00 އަށް ކަމަށެވެ.
ސްޓޫޑެންޑް ލޯނަށް އެދި ހުށަހެޅުމަށް ދިން މުއްދަތު ހަމަވާނީ މި މަހުގެ 30 އަށެވެ. އެގޮތުން ރާއްޖެ އާއި ރާއްޖެ އިން ބޭރުން ކިޔަަވަން 500 ދަރިވަރަކަށް ލޯނު ދޫކުރަން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
ސްޓޫޑެންޓް ލޯން ދޫކުރާނީ ތިން ގިންތިއަކުންނެވެ. އެއީ ޓޮޕްއަޕް ލޯނާއި ރާއްޖޭގެ ޔުނިވަސިޓީ/ކޮލެޖް/މޯލްޑިވްސް ޕޮލިޓެކްނިކްގައި ކިޔަވަން ދޭ ލޯނުގެ އިތުރުން ހައިލީ ޓެކްނިކަލް ދާއިރާތަކަށް ދޫކުރާ ލޯންތަނެކެވެ.
ސްޓޫޑެންޓް ލޯނު ދޫކުރަން މިހާރު ނިންމާފައި އޮތީ އިސްލާމީ ޝަރީއާގެ އުސޫލުތަލާ އެއްގޮތަށެވެ