ޕެރަޝޫޓް ޓްރެއިނިންއަކަށް ޓެސްޓް ދަތުރަކަށް ނުކުމެ އުޅެނިކޮށް ތައިލޭންޑްގެ ފުލުހުންގެ މަތިންދާބޯޓެެއް ވެއްޓި ހަ ފުލުހަކު މަރުވެއްޖެ އެވެ.
އެ ހާދިސާ އިއްޔެ ހިނގާފައި ވަނީ ތައިލޭންޑްގެ ރިސޯޓް ސަރަހައްދެއް ކަމަށްވާ ޗަ-އަމްގަ އެވެ. ޓެސްޓް ދަތުރަށް ބޭނުންކުރި ކުޑަ ބޯޓް މޫދަށް ވެއްޓި ހަ ފުލުހަކު މަރުވި އިރު، އޭބެ ތެރެއިން އެކަކު މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ރޯޔަލް ތައި ޕޮލިސް އިން ފޭސްބުކް ޕޯސްޓެއްގައި ބުންޏެވެ.
މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ތިން ޕައިލެޓް ފުލުހަކާއި އިންޖިނިއަރެއްގެ އިތުރުން ދެ މެކޭނިކުންނެވެ.
އެ ހާދިސާއާ ގުޅިގެން ބޯޓްގެ ކަޅުފޮށި ހޯދައި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.