ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރު، ހުސެއިން ޒިޔާދު (ފިއްޓޭ) އަށް މީހަކު ހަމަލާ ދީފި އެވެ.
އޭނަ އަށް ހަމަލާ ދިނީ ޖަނާޒާއެއްގައި ބައިވެރިވުމަށް ސަހަރާއަށް ގޮސް ހުއްޓަ އެވެ. ހަމަލާ ދީފައި ވަނީ ބުރަކައްޓަށް ކަމަށާއި އެކަން ކުރީ ކާކުކަން ނޭނގޭ އުމުރުން ދުވަސްވީ މީހެއް ކަމަށް ފިއްޓޭ ބައެއް މީޑިއާތަކަށް ވިދާޅުވެފައިވެ އެވެ.
އޭޭނަ ވިދާޅުވި ގޮތުގައި ހަމަލާ ދިނީ އަތުން ވަރަށް ބާރަށް ޖަހައި ކަމަށާއި އެ މީހާ އިންޒާރުތަކެއް ވެސް ދިން ކަމަށެވެ.
ނަމަވެސް ހަމަލާ ދިނީ އުމުރުން ދުވަސްވީ މީހަކަށްވާތީ އެ މައްސަލަ ފުލުހުންނަށް ހުށަނާޅާ ކަމަށް ފިއްޓޭ ވިދާޅުވި އެވެ.